Advertisement
ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 07:35
ސްޓެލްކޯ އީދު މަލާފަތް
ސްޓެލްކޯ އީދު މަލާފަތް
ސްޓެލްކޯ
ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު
އީދު ދުވަހުގެ ސުފްރާމަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި
ފޮޓޯ ޕޯސްޓް ކުރެވޭނީ ފިޠުރު ޢީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމަޔަށް
ފޮޓޯ ޕޯސްޓް ކުރާނީ ފޭސްބުކަށް

ފިތުރު އީދާ ދިމާކޮށް ސްޓެލްކޯއިން ސްޓެލްކޯ ޢީދު މަލާފަތް ޕްރޮމޯޝަން ނަމުގައި ޕްރޮމޯޝަނެއް ކުރިޔަށްގެންދިޔުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ އީދު ދުވަހުގެ ސުފްރާމަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ފޮޓޯ ޕޯސްޓް ކުރާނީ ފޭސްބުކްގައެވެ.

މި ޕްރޮމޯޝަންގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. 1 ވަނައަށް އަންނަ ފަރާތަކަށް 5000 ރުފިޔާ، 2 ވަނައަށް އަންނަ ފަރާތަކަށް 3000 ރުފިޔާ އަދި 3 ވަނައަށް އަންނަ ފަރާތަކަށް 2000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

Advertisement

ސްޓެލްކޯއިން ބުނީ ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރއަށް ކަމަށެވެ. ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަންވާނީ "ޕަބްލިކް" ގައިކަމަށާއި ފޮޓޯ ޕޯސްޓް ކުރާއިރު #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ފޮޓޯ ޕޯސްޓް ކުރެވޭނީ ފިޠުރު ޢީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމަޔަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް