ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 11:16
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ޓްވިޓަރ
ފިތުރު ޒަކާތް
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު ހަވީރު 6 ޖެހުމާހަމައަށް
ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 5:30އާ ހަމައަށް
ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައި

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.  

އޮންލައިންކޮށް ފިޠުރުޒަކާތް މިހާރު ބަލައިގަންނާނީ ހަމައެކަނި ބަނޑޭރި ޕޭއިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑާލާފައިވާ ކަމަށެވެ.

ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 5:30އާ ހަމައަށް މިނިސްޓްރީގެ ހޯލުންނެވެ.

އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.

މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 6،108،560.00 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ރޯދަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ލިބިފައިވާ ފައިސާއެވެ.

- ކޮމެންޓް