ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 17:28
ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ޖަޕާން ސަރުކާރު ގެ އެހީ
ޖަޕާން ސަރުކާރުން ކަސްޓަމްސް އަށް 72.6 މިލިއަން ރުފިޔާގެ އިކުއިޕްމެންޓާއި ވެހިކަލްތައް ހަވާލުކޮށްފި
ވެހިކަލްތައް ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަވާލުކުރީ 2020 ވަނަ އަހަރު ސޮއިކުރި އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޕްރޮގްރާމުގެ އެއްބަސްވުމުގެ ދަށުން

ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް 72.6 މިލިއަން ރުފިޔާގެ އިކުއިޕްމެންޓާއި ވެހިކަލްތައް ހަވާލުކޮށްފިއެވެ.

ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބާއްވާފައިވަނީ ކަސްޓަމްސްގެ ހެޑް އޮފީހުގައެވެ. ޖަޕާން އެމްބަސީގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ސަފީރު ތަކެއުޗި މިދޮރިއެވެ. ރާއްޖެއިން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދީދީ އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ.

ޖަޕާނު ސަރުކާރުން ހަވާލުކުރި ވެހިކަލްތަކާއި އިކުއިޕްމަންޓްތައް:

  1. އެއް ޓޮޔޯޓާ ވޭނެއް
  2. އެއް ޓޮޔޯޓާ ވޭގޮން
  3. މަޒްޑާ ސެޑަން ދެ ކާރު
  4. ވެހިކަލްގެ ދެ ސްޕެއަރ ޕާޓްތައް
  5. 8 ސްޕެކްޓްރޯމީޓަރ
  6. ޑޮލަރުގެ ސައްހަކަން ބަލާ 4 މެޝިން
  7. 2 މޮބައިލް އެކްސްރޭ ސްކޭނަރު
  8. އިކުއިޕްމަންޓްގެ 3 ސްޕެއަރ ޕާޓްތައް
  9. މަޒްޑާ ކާރުގެ ސްޕެއަރ ޕާޓް
  10. އެއް ފޮއްޓާއި ސްޕެއަރ ޕާޓުތައް

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝަރީފު ވިދާޅުވީ މި ތަކެއްޗާއެކު ކުންފުނީގެ މަސައްކަތް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މި ތަކެތި ބޭނުންކުރާނެ ގޮތުގެ ޓްރެއިނިންގ އެއް ނަގައިދިނުމަށް ޖަޕާނުން ޓީމެއް މެއި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށްޓަކައި ވެސް ޝަރީފު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވެސް ވަނީ ޖަޕާން ސަރުކާރުން އަބަދުވެސް ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިކުއިޕްމަންޓްތަކާއި ވެހިކަލްތައް ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަވާލުކުރީ 2020 ވަނަ އަހަރު ސޮއިކުރި އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޕްރޮގްރާމުގެ އެއްބަސްވުމުގެ ދަށުންނެވެ.

- ކޮމެންޓް