ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 09:02
ރެއާލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ނަޗޯ ރޮޑްރިގޯ އަދި ބެންޒެމާއާއެކު އުފާފާޅުކުރަނީ
ރެއާލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ނަޗޯ ރޮޑްރިގޯ އަދި ބެންޒެމާއާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލަލީގާ
ކާޑިޒް ބަލިކޮށް، ރެއާލްއިން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގަށް ތައްޔާރުވެއްޖެ
ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެރޭ

ސްޕެނިޝް ލަލީގާ ދިފާއުކުރުމުގެ އުއްމީދު ގެއްލިފައިވާ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާޑިޒް ބަލިކޮށް, ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގަށް ތައްޔާރުވެއްޖެއެވެ.

ލީގު ތާވަލްގެ ފަހަތުގައި އޮތް ކާޑިޒްގެ ދަނޑުގައި ރެއާލްއިން ކުރިހޯދީ 2-0 ނެވެ. ފުރަތަމަ ލަނޑުޖަހާ ކުރި ހޯދައިދިނީ ޑިފެންޑަރ ނަޗޯއެވެ. 25 ޔާޑުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ. ދެވަނަ ލަނޑު ޖެހީ މާކޯ އަސެންސިއޯއެވެ. ރެއާލްއިން ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގެ ފަހު ބައިގައެވެ. މިމޮޅާއެކު ރެއާލްއަށް ކުރެވުނު ވަރަކީ އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ކުޑަކުރުމެވެ. އެއީވެސް މެޗެއް އިތުރަށް ކުޅެގެންނެވެ.

ރެއާލްއަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޗެލްސީގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅޭ ދެވަނަ ލެގެވެ. ފުރަތަމަ ލެގު 2-0 ން ރެއާލް ވަނީ ކާމިޔާބުކޮށްފައެވެ. ޗެލްސީ ވަނީ ލީގުގައި މިހަފްތާގައި 2-1 ން ބްރައިޓަން އަތުން ބަލިވެފައެވެ.

- ކޮމެންޓް