ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 09:33
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 4ށް
ވޯޓުލައި ނިމޭތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ
މި އިންތިޚާބުގައި ތިން ޕާޓީން ވާދަކުރޭ

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ހޮނިހިރު ދުވަހު މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8ން ހަވީރު 4ށެވެ.

އަދި ވޯޓުލެވޭނީ 4 ޖަހާއިރު ކިޔުއަށް އަރައި ތިބޭ ފަރާތްތަކަށް ކަމަށާއި، 4ގެ ފަހުން ކިޔުއަށް އަރާ ފަރާތްތަކަށް އެފުރުސަތު ނުލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

އޭގެ އިތުރުން، ވޯޓުލައި ނިމޭތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށާއި، ނަމަވެސް ބަންގި ގޮވުމުގެ 30 މިނެޓް ކުރިން ވޯޓުލައި ނިމިއްޖެނަމަ ދެން ވޯޓު ގުނަންފަށާނީ ރޯދަ ވީއްލައިގެންކަމަށް އީސީން މައުލޫމާތު ދެއެވެ. މި ދާއިރާގައި؛ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، އަދި ގުޅީގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އަދި މާލޭގައި އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގައި ތިން ޕާޓީން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ)އާއި އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީއެވެ. ޕީޕީއެމްއިން ވާދަކުރައްވަނީ ހުސައިން ރިޒާ އާދަމެވެ. އެމްޑީޕީން އިބްރާހީމް ޝާޒު ވާދަކުރައްވާއިރު އެމްއެންޕީން ވާދަކުރައްވަނީ އަލީ އަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް