Advertisement
ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 19:10
ފަންނުވެރިންނަށް އެކިއެކި ފްލެޓްފޯމްތަކުން އިތުރު ފުރުސަތުތައް ދަނީ ހޯދައިދެމުން: މިނިސްޓަރު ޔުމްނާ
ފަންނުވެރިންނަށް އެކިއެކި ފްލެޓްފޯމްތަކުން އިތުރު ފުރުސަތުތައް ދަނީ ހޯދައިދެމުން: މިނިސްޓަރު ޔުމްނާ
ރާއްޖެއެމްވީ
ދިވެހި ބަސް
އަމިއްލަ ބަހެއް ލިބިފައިވުމަކީ ބޮޑު ނިއުމަތެއް - ޔުމްނާ
ދިވެހި ބަހުގެ ދުވަސް ފާހަގަކުރަނީ އަލްމަރްހޫމް ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚުކަމުގައިވާ އެޕްރީލް 14އާ ގުޅުވައިގެން

ދިވެހިންނަށް އަމިއްލަ ބަހެއް ލިބިފައި ވުމަކީ ބޮޑު ނިއުމަތެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ދުނިޔެއިން އެތައް ބަހަކާއި ބަހުރުވަތައް ނެތިގެންދާ ކަމަށެވެ. އެހެންކަމުން އަމިއްލަ ބަހެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އެއީ ފަޚުރެއް ކަމަށް ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ދިވެހި ބަހަށް ލޯތްބާއި އިސްކަންދިނުމާއެކު ޒުވާން ޖީލުތަކަށް ރަނގަޅު ދިވެހި ބަސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދިވެހި ބަސް ބޭނުންކުރުމަށް ހިތްވަރު ދިނުމަށްވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި ދިވެހި ބަހުގެ ދުވަސް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެކަން އިއުލާންކުރެއްވީ ޖެނުއަރީ 21، 2015ގައެވެ. އަދި ދިވެހި ބަހުގެ ދުވަސް ފާހަގަކުރަނީ އަލްމަރްހޫމް ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚް ކަމުގައިވާ އެޕްރީލް 14އާ ގުޅުވައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް