ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 08:54
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ އީޕޯޓަލް އަލުން ބޭނުންކުރަން ފަށައިފި
 
ލެބް ރިޕޯޓާއި، ބޭސް ސިޓީވެސް ޕޯޓަލްއިން ނެގޭނެ
 
ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މެޑިކަލް ރެކޯޑު ބަލާލެވޭނެ
 
އައިޑީ ކާޑު ނަންބަރު ޖަހައިގެން މި ޕޯޓަލްއަށް ވަދެވޭނެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެއީޕޯޓަލްއަލުން ބޭނުންކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މި ޕޯޓަލް ބޭނުންކުރުން ހުއްޓާލުމަށްފަހު މި ޕޯޓަލް އަލުން ބޭނުންކުރަން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މިގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށްފަހު މި ޕޯޓަލްއަށް ލޮގިން ކޮށްލެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މެޑިކަލް ރެކޯޑު ބަލާލެވުމާއި، ލެބް ރިޕޯޓުތައް ބަލާލެވުމާއި، ބޭސް ސިޓީ ނެގިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ މިކަމުގެ ސަބަބުން ބަލިމީހުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް