ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެކަން ހާމަކޮށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިންނަށް ކަމަށެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި މިމަހުގެ 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް އެޅުމަށް 18 ބިން ދޫކުރަން ހަމަޖެހިފައިވެއެވެ. އަދި ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާފައިވާ ބިމުގެ ބޮޑުމިނުގައި 10،000 އަކަފޫޓް ހުރެއެވެ.
އެމްޓީސީސީން ތަރައްޤީކުރި ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވީ މާޗްމަހުގެ 15 ގައެވެ.