ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 17:36
ޕްރެމިއާ ލީގުގެ ޓީމުތައް ސްޕޮންސާކޮށްފައިވާ ބައެއް ބެޓިން ކުންފުނިތައް: ދެން ފުރުސަތު ނުލިބޭނެ
ޕްރެމިއާ ލީގުގެ ޓީމުތައް ސްޕޮންސާކޮށްފައިވާ ބައެއް ބެޓިން ކުންފުނިތައް: ދެން ފުރުސަތު ނުލިބޭނެ
ގޫގުލް
ޕްރެމިއާ ލީގު
ގޭމްތަކާއި ބެޓިން ކުންފުނިތަކަށް ޕްރެމިއާ ލީގުން މަނާ ކުރަނީ
ބެޓިން ކުންފުނިތަކަށް ފުރުސަތު ނުލިބޭނީ 2025 ވަނަ އަހަރުގެ ސީޒަނަށް ފަހު

ފައިދާ ހޯދުމުގެ ނިޔަތުގައި ކުޅޭ އަމިއްލަ ގޭމްތަކާއި މެޗުތަކުގެ ނަތީޖާ ދިމާކުރުމަށް ހިންގާ ބެޓިން ކުންފުނިތަކުގެ ސްޕޮންސާ އިނގިރޭސި ޕްރެމިއާ ލީގުގެ ޓީމުތަކުގައި ނުޖަހަން ނިންމައިފި އެވެ.

މިއީ މިފަދަ ގްރޫޕްތަކާމެދު އަމަލުކުރަން އިނގިރޭސި ގަވާއިދުތަކަށް ގެންނަން ފަށާފައިވާ ބަދަލުތަކުގެ ތެރެއިން ޕްރެމިއާ ލީގަށް ވެސް ގެންނަ ބަދަލެކެވެ.

މި ގޮތުން ޕްރެމިއާ ލީގުން މިފަދަ ސްޕޮންސަރުން މަނާކުރާނީ 2025/2026 ވަނަ އަހަރުގެ ސީޒަން ނިމުމުންނެވެ. އޭގެ ކުރިން ކޮންމެ ކުލަބަކަށް އާ ސްޕޮންސަރެއް ހޯދަންޖެހޭނެ އެވެ.

ޕްރެމިއާ ލީގުން މިކަން އިއުލާނުކުރިއިރު އެލީގުގައި ކުޅޭ 20 ކުލަބުގެ ތެރެއިން އަށް ކުލަބު ސްޕޮންސާކުރަނީ މި ކެޓަގަރީ އަށް ފެތޭ ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ނިއުކާސަލް އާއި ވެސްޓްހޭމް ޔުނައިޓެޑް ފަދަ ކުލަބުތައް ހިމެނެ އެވެ.

- ކޮމެންޓް