ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 12:56
މެރިން ކޯގެ ކޯހުގެ ތެރެއިން
މެރިން ކޯގެ ކޯހުގެ ތެރެއިން
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އެމްއެންޑީއެފްގެ މަސައްކަތްތައް
މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން
މެރިން ކޯގެ ކޯހަކީ އެމްއެންޑީއެފްގެ އެންމެ ބޮޑު އަދި އެންމެ އުނދަގޫ އެއް ތަމްރީން ކޯސް

މޯލޑިވްސް ޑިފެންްސް ފޯރސް (އެމްއެންޑީއެފް)ގެ މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެއެވެ.

އެކަން ހާމަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ކުރައްވާފައިވާ ޓުވީޓެއްގައި މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގެ އާ ބެޗުގައި ތިން އަންހެން ސިފައިން ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އެ ޓްވީޓާއި އެކު މެރިންކޯގެ އެ ކޯހުގައި ބައިވެރިވާ އަންހެން ސިފައިންނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައިވެއެވެ. ޝަމާލް ވަނީ އެ ތަމްރީނުތައް ކުރިއަށް ގެންދާ ސަރަހައްދަށް ވަޑައިގެން، ކޯހުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

ޝަމާލް ވިދާޅުވީ މިއީ ދިވެހި ސިފައިންގެ ތާރީހުގައި ވެސް މެރިންކޯގެ އަސާސީ ތަމްރީން ކޯހުގައި އަންހެން ސިފައިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ.

މެރިން ކޯގެ ކޯހަކީ އެމްއެންޑީއެފްގެ އެންމެ ބޮޑު އަދި އެންމެ އުނދަގޫ އެއް ތަމްރީން ކޯހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް