ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 11:51
އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ
އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު ޢާއިޝަތު ޢަލީ
ރައްޔިތުންގެ މަޖިލިސް
އަރަބިއްޔާގެ އާ އިމާރާތް
މި އަހަރަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި އަރަބިއްޔާ އިމާރާތުގެ ފައިސާ ނެތީ އިދާރީ އޮޅުމަކުން: މިނިސްޓަރު
 
މި އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް 6.4 މިލިއަން ރުފިޔާ ހިމަނާފައިވޭ
 
މިނިސްޓަރ އެފަދައިން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން

މި އަހަރަށް ފުރަތަމަ ހުށަހެޅި ބަޖެޓްގައި އަރަބިއްޔާ އިމާރާތުގެ ފައިސާ ނެތީ އިދާރީ އޮޅުމަކުންކަމަށް  ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

 ހޯމަ ދުވަހު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ކުރެއްވި ސުވާލަކަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.

މި އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް 6.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެހެންނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ފައިސާ ހިމަނާފައެއް ނުވެއެވެ. ހޯމަ ދުވަހު މެމްބަރު ޓޮމް ވަނީ އަރަބިއްޔާގެ މަސައްކަތް 2024ގެ ނިޔަލަށް ނިންމަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތަށް ވާ ފައިސާ ބަޖެޓް ފުރަތަމަ ހުށަހެޅި އިރު ހިމަނާފައި ނެތީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ބަޖެޓް ހުށަހެޅި އިރުވެސް އެކަމާއި ގުޅުން ހުރި ހުރިހާ ތަފްސީލެއް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ނުހިމެނި އޮތީ އިދާރީ ކުށެއްގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކރުިން ފިނޭންސް މިނިސްޓްރީއިން ވެސް ވަނީ އެއީ އިދާރީ އޮޅުމެއް ކަމަށް ބުނެފައެވެ.

އަރަބިއްޔާގެ އާ އިމާރާތައް 6.4 މިލިއަން ހަމަޖައްސައި ބަޖެޓަށް އެބައި އިތުރުކޮށްދޭން ނިންމީ ބަޖެޓު ދިރާސާ ކުރި ކޮމިޓީއިންނެވެ. ފަހުން ބަޖެޓް ފޮތަށް ވެސް އެ ބަދަލު ވަނީ ގެނެސްފައެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައި ކަމަށް ވާއިރު އެ ސްކޫލް އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން އައި އިމާރާތް ވީރާނާވެ ހަލާކުވުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި