ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 10:28
ބީއެމްއެލް ކޮމިއުނިޓީ ފަންޑު
ބީއެމްއެލް ކޮމިއުނިޓީ ފަންޑު
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ މަސައްކަތްތައް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ބީ.އެމް.އެލް ކޮމިއުނިޓީ ފަނޑުގެ ދަށުން މިހާތަނަށް 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާވާ ހިންގަމުންދާ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިން ކުރިއަށްގެންދާ އެ ފަންޑަށް ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދެއެވެ. ބީއެމްއެލް އިން ބުނިގޮތުގައި ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ބީއެމްއެލުން ބުނީ މި ފިޔަވަހީގައި ހޮވުމަށް ހަމަޖެހިފައިވަނީ މުޅިއެކު 10 ޕްރޮޖެކްޓްކަމަށެވެ.

ކޮމިއުނިޓީ ފަންޑުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 50،000 ރުފިޔާއެވެ. ޕްރޮޖެކްޓްތައް ހޮވުމުގައި ބަލާ ކަންކަމުގެ ތެރޭގައި ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ހިމެނެއެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށް ވާއިރު ޕްރޮޕޯސަލް އާއި އެޕްލިކޭޝަން އަދި ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ބީ.އެމް.އެލް ކޮމިއުނިޓީ ފަނޑުގެ ދަށުން މިހާތަނަށް 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް