Advertisement
ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 02:54
އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ
އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދަނީ
އެކްސިޑެންޓް
ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވި
އަނިޔާވި މީހުންނަށް މިހާރު ދަނީ ދަރުވާދެމުން

ސިނަމާލެ ބްރިޖުން މާލެއަށް އަރާ ހިސާބުގައި އިންނަ ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 23:33 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެއީ 47 އަހަރާއި 31 އަހަރު އަދި 43 އަހަރުގެ ފިރިހެނުންނެވެ.

Advertisement

މި މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. ބާކީ ދެމީހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
10 އޭޕްރިލް 2023 | ހޯމަ 08:47
މޫސަ
ކިހާ ދެރަދޯ