ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 09:42
އެސްޓީއޯ އިން ވިއްކާ ކާށި
އެސްޓީއޯ އިން ވިއްކާ ކާށި
ރާއްޖެއެމްވީ
ކާށި ލިބުން ދަތިވުން
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
ރާއްޖެ އެތެރެކުރި ރުއްތައް އެކި ރަށްރަަށަށް ބެހުމަށް ނިންމާފައިވޭ

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލި ފެތުރުން ހުއްޓުވުން މި ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ޑރ. ހުސައިން ވިދާޅުވީ ރާއްޖޭގެ ރުއްތަކަށް މިވަގުތު ވަނީ ބައްޔެއް ޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވާ ކަމަށެވެ.

އެކަން ހައްލުކުރުމަށް ސަރުކާރުން ވަނީ 5000 ރުއް ރާއްޖެ ގެނެސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނު ކޮށްފައި ކަމަށާއި ރާއްޖެ އެތެރެކުރި ރުއްތައް އެކި ރަށްރަަށަށް ބެހުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރުއްތަކުގައި އެއްވެސް ބައްޔެއް ހުރިތޯ ބެލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ރުއްތަކަށް ޖެހިފައިވަނީ ސޫޓީމޯލްޑް ކިޔާ ބައްޔެކެވެ. ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ. މިނިސްޓްރީން ބުނީ މިއީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއްކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބަލިޖައްސާ ފަނިފަކުސާ ރުކުގެ ފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި ބަލި ޖައްސާ ފަނިފަކުސާ ނުވަތަ ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ ހާއްސަ މަަަސައްކަތްތައް ދެނެގަތުމުގެ މަަސައްކަތް މިނިސްޓްރީން ކުރަމުންގެންދާ ކަމަށް ބުނެފައިވެއެވެ.

އަދި މި ބައްޔާމެދު ގަސްވިއްކާ ފަރާތްތަކުންނާއި، ގަސް ގަންނަ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދާނަމަ، ދަނޑުތަކާއި ދުރުގައި ވަކިތަނެއްގައި ގަސްތައް ބަހައްޓާ، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިބަލި ޖެހުމުގެ ސަބަބުން ކާށި ލިބުން ވަނީ ދަތިވެ ކާށީގެ އަގު ބޮޑުވެފައެވެ. މިވަގުތު ބާޒާރުގައި ކާއްޓެއްގެ އަގު އެވްރެޖް ގޮތެއްގައި އުޅެނި 25 އާއި 50 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް