ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 12:29
ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދަނީ
ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދަނީ
އިސްލާމިކް މިނިސްޓްރީ
ކަދުރު ބެހުން
އާންމުންނަށް ދޫކުރި ކަދުރު ހުސްވެއްޖެ، މާދަމާ ދޫކުރާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް
ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30ން މެންދުރު 12:00ށް މިނިސްޓްރީގެ ރިސެޕްޝަނުން

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އެޕްރިލް 2023 (މާދަމާ) ހަމައަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ސަޢޫދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ވަނީ ހުސްވެފައިވާ ކަމަށެވެ.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30ން މެންދުރު 12:00ށް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.

ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ. ކަދުރު ބެހުމުގެ މަސައްކަތް މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.

ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރެވެ.

- ކޮމެންޓް