ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 10:29
ސްޕެނިޝް ލީގުގައި ތަހުގީގެއް ހިންގަން ތައްޔާރުވާއިރު ދެ ޓީމުގެ ދެ އެކުވެރިން
ސްޕެނިޝް ލީގުގައި ތަހުގީގެއް ހިންގަން ތައްޔާރުވާއިރު ދެ ޓީމުގެ ދެ އެކުވެރިން
ގޫގުލް
ރެފްރީން
އިނގިރޭސީންނަށް ވުރެ ސްޕޭނުގެ ރެފްރީންގެ މުސާރަ ބޮޑީ ކީއްވެ؟
 
މި މައްސަލަ ދިރާސާކުރަން ސްޕޭނުން ވަނީ ނިންމާފައި

އިނގިރޭސި ޕްރެމިއާ ލީގުގައި ރެފްރީކަންކުރާ ރެފްރީންނަށްވުރެ ސްޕޭނުގެ ރެފްރީންނަށް މާބޮޑު މުސާރައެއް ލިބޭކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރެފްރީއަކު 20 މެޗު ހަމަކުރުމުން ލިބެނީ 140000 ޕައުންޑެވެ. އެކަމަކު ހަމަ މިއަދަދަށް ރެފްރީކަން ކުރުމުން ސްޕޭނުގެ ކޮންމެ ރެފްރީއަކަށް 264000 ޕައުންޑް ލިބެ އެވެ.

ރެފްރީންގެ އުޖޫރައިގެ މައްސަލަ ފެންމަތިވީ ސްޕެނިޝް ލީގުގެ ރެފްރީންނާމެދު ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ދެމެދު ލަލީގާގެ ކުރީގެ ރެފްރީޒް ޗެއާމަން ހޯސޭ ނެގްރެއިރާގެ ކުންފުންޏަށް ބާސެލޯނާއިން 7.3 މިލިއަން ޔޫރޯ ދީފައިވާ މައްސަލާގަ އެވެ. ލަލީގާއިން ބުނަނީ މިއީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ.

ސްޕޭނުގެ ރެފްރީންގެ އަގުބޮޑުއިރު އިނގިރޭސި ވިލާތުގައި ރެފްރީން ގިންތިކުރުމަށް ތިން މަރުހަލާއެއް އޮވެ އެވެ. ސްޕޭނުގައި އޮންނަނީ އެންމެ މަރުހަލާއެކެވެ. އަނެއްކޮޅުން ސްޕޭނުގެ ރެފްރީންގެ 34 ޕަސެންޓް ނިންމުން ވީއޭއާރު ބަލައިގެން ވަނީ ބަދަލުކުރަންޖެހިފަ އެވެ. އަދި  ދީފައިވާ ޕެނަލްޓީތަކުގެ ތެރެއިން 54 ޕަސެންޓް ޕެނަލްޓީ އަލުން ރިވިއު ކުރަން ޖެހިފައިވެ އެވެ. މީގެ އިތުރުން ލަލީގާއިގައި މާގިނައިން ރަތްކާޑު ދައްކާ މައްސަލަ ވެސް ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 262 މެޗުގައި 99 ރަތްކާޑު ދައްކާފައިވެ އެވެ. މި އަދަދަށް މެޗު ކުޅެގެން ޕްރެމިއާ ލީގުގައިދައްކާފައިވަނީ އެންމެ 22 ރަތްކާޑެވެ. އިޓަލީގައި ދެއްކީ 40 ރަތްކާޑެވެ. ޖަރުމަނުގެ ބުންޑަސް ލީގާގައި 33 ކާޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
67%
0%
0%
0%
0%
ކޮމެންޓް