ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 06:46
ބާސެލޯނާގެ ކުޅުންތެރިން ރެފްރީއަކު ވަށާލައިގެން: ކޮރަޕްޝަނުގެ ތުހުމަތު ވަނީ ކުރެވިފައި
ބާސެލޯނާގެ ކުޅުންތެރިން ރެފްރީއަކު ވަށާލައިގެން: ކޮރަޕްޝަނުގެ ތުހުމަތު ވަނީ ކުރެވިފައި
ގޫގުލް
ސްޕެނިޝް ލީގް
ކޮރަޕްޝަންގެ ތުހުމަތުގައި ބާސެލޯނާ ޝަރީއަތަށް ހާޒިރުކުރަނީ
އެމަޖެންސީ ބައްދަލުވުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު

މެޗު ގަތުމަށް ރެފްރީންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަންނަ އޭޕްރީލް މަހު ސްޕެނިޝް ލީގުގެ ކުލަބުތަކަށް ޖަވާބުދާރީވުމަށް ބާސެލޯނާ ހާޒިރު ކުރަން ނިންމައިފި އެވެ.

ސްޕެނިޝް ލީގުން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ލަލީގާގެ އެމަޖެންސީ ބައްދަލުވުމަށް ބޭއްވުމަށެވެ. މި ބައްދަލުވުމުގައި ލަލީގާގެ 19 ކުލަބުގެ ކުރިމަތީގައި ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަށް ޖަވާބުދާރީވާންޖެހޭ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ދެމެދު ލަލީގާގެ ކުރީގެ ރެފްރީޒް ޗެއާމަން ހޯސޭ ނެގްރެއިރާގެ ކުންފުންޏަށް 7.3 މިލިއަން ޔޫރޯ ދީފައިވާ ފައިސާގެ މައްސަލާގަ އެވެ. ލަލީގާއިން ތުހުމަތު ކުރަނީ މިއީ މެޗު ގަތުމަށާއި ރެފްރީންގެ ނިންމުން ބާސެލޯނާކޮޅަށް ބަރުކޮށްލުމަށް ދީފައިވާ ފައިސާ ކަމަށެވެ. މި ތުހުމަތު އެންމެ ބޮޑަށް އެޅެނީ ބާސެލޯނާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ސަންދްރޯ ރޮސެލް އާއި ޖޯސެފް މާރިއޯ ބާޓޮމެއުގެ ބޮލުގަ އެވެ.

ނަމަވެސް ބާސެލޯނާއިން މިކަން ދޮގުކުރެ އެވެ. އެ ކުލަބުން ބުނަނީ އެ ބުނާ މުއްދަތުގައި އޮތީ ބާސެލޯނާ އުފެއްދި އެންމެ މޮޅު ޓީމު ކަމަށާއި މުޅި ދުނިޔެ ވެސް އެކަން ބަލައިގަންނަ ކަމަށެވެ. މިހެންވެ މިއީ ބާސެލޯނާއިން މެޗުތައް ގަންނަން ޖެހޭ ފަދަ ޓީމެއް ނޫން ކަމަށް އެދުވަސްވަރު ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ބާސެލޯނާ ހާޒިރު ކުރި ނަމަވެސް ސްޕެނިޝް ލީގުގެ ގިނަ ކުލަބުތަކުން ގަބޫލުކުރަނީ އެކަށީގެންވާ ޖަވާބެއް ނުލިބޭނެ ކަމަށެވެ. ސަބަބަކީ ބާސެލޯނާ އާއި ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓަބޭސްއާ ދެމެދުޖެހިފައިވާ މައްސަލަތައް ޒާތީ ކުރިމަތިލުމަކަށް މިހާރު ބަދަލުވެފައިވާ މަންޒަރު ފެންނާތީ އެވެ.

ޓަބޭސް މަސައްކަތް ކުރަމުންދަނީ މި މައްސަލާގައި ބާސެލޯނާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރުމަށެވެ.

- ކޮމެންޓް