ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 06:43
ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ވަނީ ފަށައިފައި
ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ވަނީ ފަށައިފައި
ރާއްޖެއެމްވީ
ޑޮނާލްޑް ޓްރަމްޕް ހައްޔަރު ކުރުން
ޓްރަމްޕުގެ މައްޗަށް 34 ދައުވާ އުފުލައިފި، ހުރިހާ ދައުވާއަކަށްވެސް އިންކާރު
މިއީ އެމެރިކާގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ފުރަތަމަ ފަހަރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ މައްޗަށް 34 ދައުވާއެއް އުފުލައިފިއެވެ.

އަންގާރަ ދުވަހު އެމެރިކާގެ މެންހެޓަން ކޯޓަށް ހާޒިރުކުރެއްވުމުން ޓްރަމްޕް ވަނީ ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކުރައްވާފައެވެ. ޓްރަމްޕްގެ މައްޗަށް ވިޔަފާރި ރެކޯޑުތައް ބަދަލުކުރުން ފަދަ ދައުވާތައް އުފުލާފައެވެ. އަދި އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ އޮތް ގުޅުން ފޮރުވަން ވެގެން އޭނާއަށް ފައިސާ ދިން ކަމަށް ތުހުމަތުވާ މައްސަލައެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް އެ ޤައުމުގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާ ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފެންނަ ކަމަށް ނިއުޔޯކުގެ ގްރޭންޑް ޖޫރީއަކުން ނިންމީ 30 މާޗު 2023ގައެވެ.

ކޯޓަށް ހާޒިރުވެވަޑައިގެން ޓްރަމްޕް ވިދާޅުވީ އެއީ އެމަނިކުފާނާ ދެކޮޅަށް ރާވައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ދައުވާ އުފުލާފައިވާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ ހުރިހާ ދައުވާއަކަށް ވަނީ އިންކާރުކުރައްވާފައެވެ.

ޖިނާއީ ދައުވާ ލިބޭ އެހެން މީހުންނެކޭ އެއްގޮތަށް ޓްރަމްޕް ވެސް ކޯޓަށް ހާޒިރުވެވަޑައިގަތުމުން ހައްޔަރުކުރި އެވެ. ހައްޔަރުކުރުމަށް ފަހު ފިންގަޕްރިންޓް ވެސް ވަނީ ނަގާފައެވެ. ނަމަވެސް ޓްރަމްޕް ހައްޔަރުކޮށް ނަގަންޖެހޭ މައުލޫމާތު ނެގުމަށް ފަހު އެމަނިކުފާނު ދޫކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ގްރޭންޑް ޖޫރީން ނިންމީ 2016 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އޮތް ގުޅުން ފޮރުވަން އޭނާގެ އަނގަބަންދު ކުރުމަށް 130،000 ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިތަކަށް ބެލުމަށްފަހުއެވެ.

ކޯޓުގައި ބާއްވާ އަޑުއެހުން ލައިވްކޮށް ދުރަށް ދެއްކުމުގެ ހުއްދައަށް މީޑިޔާތަކުން އެދިފައިވީ ނަމަވެސް، މި މައްސަލަ ބައްލަވާ ގާޒީ އެ ކަމަށް ހުއްދަ ދެއްވާފައެއް ނުވެއެވެ.

- ކޮމެންޓް