ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 12:33
ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް
ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް
އެމްއެންޑީއެފް
ކެމިކަލް ގުދަން ހުސްކުރުން
މާލޭގެ ގެއެއްގައި ހަދާފައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި
 
ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވޭ
 
ގުދަނުގައި ހުރި އާލާތްތައް ބަދަލުކުރީ ހުޅުމާލެއަށް
 
އެ ކެމިކަލް ގުދަން ހޯމަ ދުވަހު ވަނީ ހުސްކޮށްފައި

މާލޭގެ ގެއެއްގައި ހަދާފައި ހުރި ކެމިކަލް ގުދަން ހުސްކޮށްފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ކެމިކަލް ގުދަން ހޯމަ ދުވަހު ހުސްކޮށްފައިވާ ކަމަށާއި، އެ ގުދަނުގައި ހުރި އާލާތްތައް ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިކަން ސަމާލުކަމަށް ގެނައީ އާންމުންގެ މީހެކެވެ. އަހުމަދު ނައީމު ކިޔާ މީހަކު ސޯޝަލް މީޑިޔާގައި އާދިއްތަ ދުވަހުގެ ހަވީރު ބުނެފައިވަނީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ހުރިކަމަށެވެ. އެތަނުގެ މުވައްޒަފުންވެސް ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލް ކަމަށް ބުނާކަމަށެވެ.

މިކަން ބައެއް މީޑިއާތަކުން ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެމްއެންޑީއެފުން ބުނީ، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުންޏެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އަލިފާން ރޯވީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އޭރު މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިއެވެ.

އެހާދިސާއަށްފަހު 2019 ވަނަ އަހަރު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލިއެވެ. އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިގަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި، އަދިވެސް ނުފެނޭ
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި