ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 20:23
ވައްކަމުގެ މައްސަލާގައި ހޯދަމުންދާ މީހާ
ވައްކަމުގެ މައްސަލާގައި ހޯދަމުންދާ މީހާ
ޕޮލިސް
ތަހުގީގަށް މީހަކު ހޯދުން
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަގޮތުން، އެމީހާ އަތުގައި ކުޑަކުދިން ދުއްވާ ސްކޫޓަރެއް އޮތް

ވައްކަމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވަނީ އެމީހާގެ ވީޑިއޯ އާންމުކޮށްފައެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ. އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި, އެމީހާ އަތުގައި ކުޑަކުދިން ދުއްވާ ސްކޫޓަރެއް އޮވެއެވެ.

އަދި އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް