ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 07:31
ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ރޯމާއާ ކުޅުނު މެޗުގެ ތެރެއިން
ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ރޯމާއާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބޮޑު ތަފާތަކުން ރޯމާ ބަލިކޮށް އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބާސެލޯނާ
ބާސެލޯނާ އިން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ 6-1 ގެ އެގްރިގޭޓް ނަތީޖާ އަކުން

ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބޮޑު ތަފާތަކުން ރޯމާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ބާސެލޯނާ ޖާހަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ މިނީ އެސްޓަޑީގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު މީގެ ކުރިން ރޯމާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެހެންކަމުން ބާސެލޯނާ އިން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ 6-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އަސީސަތު އޮޝޯއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްރިޑޮލީނާ ރޯލްފޯ އެވެ. މެޗުގެ 33 ވަނަ މިނެޓުގައި ކޭއިރާ ވޯލްޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާގެ ލީޑު ދެ ލަނޑަށް ފުޅާކޮށްދިނީ މާޕީ ލިއޮން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖެހި ރޯލްފޯ އެވެ. އޭނާ އެ ލަނޑު ޖަހާފައި ވަނީ ކެރޮލައިން ގްރެހަމް ހެންސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފަށް ކުޅެން ނުކުމެ އެއް މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިޑްފީލްޑަރު އައިޓަނާ ބޮންމަޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖަހައިދިނީ އޮޝޯއާލާ އެވެ. ބާސެލޯނާގެ ފަސް ވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖެހީ ޕެޓްރިޝިއާ ގުއިޖާރޯ އެވެ. އޭނާ އެ ލަނޑު ޖެހުމަށް އެހީތެރިވެދިނީ ހެންސަން އެވެ. މެޗުގައި ރޯމާގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި އަނާމާރިއާ ސެރްޓޫރީނީ ޖެހީ އަންދްރޭސާ އަލްވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ބާސެލޯނާ ބައްދަލު ކުރަން ޖެހޭނީ ލިއޯން އާއި ޗެލްސީ ތެރެއިން ސެމީގެ ޖާގަ ލިބޭ ޓީމަކާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް