Advertisement
ކ. މާލެ
|
29 މާރޗް 2023 | ބުދަ 12:34
ފިތުރު ޒަކާތް ބަލައިގަންނަނީ
ފިތުރު ޒަކާތް ބަލައިގަންނަނީ
ޒަކާތު ފަންޑު
2019-2021 އަށް ޒަކާތު ފަންޑުން ބަލި މީހުންނަށް 35 މިލިއަނަށް ވުރެ އިތުރަށް ހޭދަ ކުރި
35،937،471.77 ރުފިޔާ ޒަކާތު ފަންޑުން ބަލި މީހުންނަށް ވަނީ ހޭދަކޮށްފައި
2020 ވަނަ އަހަރު 6,335,337 ރުފިޔާ ވަނީ ހޭދަކޮށްފައި
2019 ވަނަ އަހަރު 22،578,635.77 ރުފިޔާ ހޭދަކޮށްފައިވޭ

2019-2021 އަށް ޒަކާތު ފަނޑުން ބަލި މީހުންނަށް ހޭދަ ކުރި މިންވަރު 35 މިލިއަނަށް ވުރެ އިތުރުކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން އެފަދައިން ބުނެފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޖަވާބު އިއްވަވައިދެއްވީ މަޖިލީހުގެ އަމީންއާމެވެ.

Advertisement

އޭނާ ކުރައްވާފައިވާ ސުވާލަކީ ޞިއްޚީ ދާއިރާގެ ބޭނުމަށްވެސް ޒަކާތު ފަންޑުން ބައެއް ދެއްވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެއީ ޒަކާތް ބެހުމަށް ކަނޑައަޅުއްވާފައިވާ ބައިތަކުގެ ތެރެއިން ކޮން ބައިތަކެއްތޯ ކުރައްވާފައިވާ ސުވާލެކެވެ. އަދި އެ ކަމަށް ކިހާ މިންވަރެއް ޚަރަދުވޭތޯ އާއި ވޭތުވެދިޔަ 3 އަހަރު ހިނގާފައިވާ ޚަރަދުގެ ތަފްޞީލަކީ ކޮބައިތޯ ސާފުކުރުމަށް އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައި ވަނީ ބޭސްފަރުވާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީ ދެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީ ދިނުމުގެ އުސޫލުން ކަމަށެވެ. 2019 ވަނަ އަހަރު 22،578,635.77 ރުފިޔާ (ބާވީސް މިލިއަން ފަސް ލައްކަ ހަތްދިހަ އަށް ހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ، ހަތްދިހަ ހަތް ލާރި) އެކަމަށް ޚަރަދުވެފައިވާ ކަަމަށް ވަނީ ބުނެފައެވެ. އަދި 2020 ވަނަ އަހަރު 6,335,337 (ހަ މިލިއަން ތިން ލައްކަ ތިރީސް ފަސް ހާސް ތިންސްތޭކަ ތިރީސް ހަތް) ރުފިޔާ، 2021 ވަނަ އަހަރު 7230499 (ހަތް މިލިއަން ތޭވީސް ހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް