ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 07:10
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އަންނަ މަހު އައްޑޫގައި އެމްއެންޑީއެފް ޓްރެއިނިންތަކެއް، ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ
އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ އޭޕްރިލް 1 އިން 4 އަށް

އަންނަ މަހު އައްޑޫ ސިޓީ ގަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓްރެއިނިންތަކެއް ކުރިއަށްދާތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ އޭޕްރިލް 1 އިން 4 އަށް ކޮންމެ ދުވަހެއްގެހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްފު ވެސް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ ހަތިތޔާރާއެކުގައެވެ. އެގޮތުން، އޭކޭ 47 އާއި އެމް203 އާއި އާރުޕީޖީ އާއި 84 އެމްއެމް ކާލް ގުސްޓާވް ފަދަ ހަތިޔާރު ބޭނުންކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

އެމްއެންޑީއެފުން މި ތަމްރީނުތަކުގައި ބޭނުން ކުރާނީ ސ.ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނުން ވައިގެ ސަރަހައްދުގެ 4600 މީޓަރެވެ. އެއީ ކަނޑުގެ ލޮނުގަނޑާ ހަމައިންނ 200 މީޓަރާ ދޭތެރޭގައެވެ.

އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓުން އިލްތިމާސްކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް