ކ. މާލެ
|
27 މާރޗް 2023 | ހޯމަ 12:37
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރ ޙުސައިން ރަޝީދު
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރ ޙުސައިން ރަޝީދު
އެމްއެންޑީއެފް
އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރު
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތް

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކުރައްވައިފިއެވެ.

އޭނާ މި މަޤާމަށް އައްޔަންކުރައްވާފައިވަނީ 2023 މާރިޗު 26 ވަނަ ދުވަހުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށް ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް