ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 17:04
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރަތް
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
މި މުބާރާތަކީ ރާއްޖެ ޓީވީ، ޔޫތް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެއް
މުބާރާތުގެ ފައިނަލް 20 ބައިވެރިން ހޮވާފައި ވަނީ މި މުބަރާތުގެ އޮޑިޝަންގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިން
ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގަ

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޚާއްސަ ހަދިޔާއެއް ދީފިއެވެ.

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަދިޔާ ބައިވެރިންނާއި ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބައިވެރިންނަށް ދީފައިވަނީ ދީނީ މައުލޫމާތު ހުރި ފޮތްތަކުގެ އިތުރުން ޤުރުއާން މުސްޙަފެވެ. އެ ހަދިޔާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ވަނީ ރަންތާޖު ޤުރުއާން މުބާރާތުގެ 20 ބައިވެރިންނަކީ ވެސް ކާމިޔާބު ލިބުނު ބައެއް ކަމަށް ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓްރީ އިން ދިން ހަދިޔާ އަކީ އެ ބައިވެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުރިހާ ބައިވެރިންވެސް މުބާރާތުގެ ކާމިޔާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އެ ބައިވެރިންގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް މިނިސްޓަރ ވަނީ ހިތްވަރުދެއްވާފައެވެ.

މިނިސްޓަރ ވަނީ ބައިވެރިން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ކަމެއް އޮތް ނަމަ އެކަމަކަށް ފުރުސަތު އޮންނާނެ ކަަމަށް ވިދާޅުވެފައެވެ. އަދި އެ ދަރިވަރުންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވުމުން، މުބާރާތް ނިމުނު ކަމުގައި ވީ ނަމަވެސް އެ ބައިވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މުބާރާތުގެ ބޭނުން ރަނގަޅަށް ކޮށް އުނގެނުމަށް ވަގުތު ހުސްކުރުމަށް އިރުޝާދު ދެއްވާފައެވެ. އަދި މުބާރާތުގައި ކާމިޔާބު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް 20 ބައިވެރިން ހޮވާފައި ވަނީ މި މުބަރާތުގެ އޮޑިޝަންގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިންނެވެ. ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

- ކޮމެންޓް