ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 12:57
އަމްރު
އަމްރު
ރާއްޖެއެމްވީ
ހުސައިން އަމްރު
އެސްޓީއޯއިން އަމްރު ވަކިކުރަން ފޮނުވައިފި
ރައީސް އޮފީހުން ބުނީ އެއީ ކުންފުނިތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ގެންނަ ބަދަލެއް ކަމަށް

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު މަގާމުން ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން "ރާއްޖެ އެމްވީ" އަށް ކަށަވަރު ކޮށްދީފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު ވަކި ކުރަން ފޮނުވާފައިވަނީ ވެސް އެގޮތުން ގެންނަ ބަދަލެއްގެ ތެރެއިން ކަމަށެވެ.

އަމްރުއަކީ މިވަގުތު އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރެވެ. ސަރުކާރުން އެ ކުންފުންޏަށް ގެންނަ ބަދަލާއެކު މި ދެ މަގާމުންނާއި ބޯޑު މެންބަރުކަމުން އޭނާ ވަކިވާނެއެވެ.

އެސްޓީއޯއިން އަމްރު ވަކިކުރަން ނިންމާފައިވާއިރު އަމްރު ގެންދަވަނީ ފާޅުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ގިނަ ބަޔަކު ގެންދަނީ މިގޮތަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ސަރުކާރުގެ އިސް މަގާމުތަކުން ވަކި ކުރުމަށް ގޮވާލަމުންނެވެ.

- ކޮމެންޓް