ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 12:55
ކަދުރު ބެހުމުގެ މަސައްކަތުގެ ތެރެއިން
ކަދުރު ބެހުމުގެ މަސައްކަތުގެ ތެރެއިން
ރާއްޖެއެމްވީ
ކަދުރު ބެހުން
ސަޢޫދީ ސަރުކާރުން ހަދިޔާކުރި ކަދުރު އާދިއްތަ ދުވަހު ބަހަން ފަށަނީ
 
ކަދުރު ބެހުން ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން 6 އޭޕްރިލްގެ ނިޔަލަށް
 
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30ން މެންދުރު 12:00ށް ކަދުރު ބަހާނެ

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ ކަދުރު، އާދިއްތަ ދުވަހުން ފެށިގެން ބަހަން ފަށާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން 6 އޭޕްރިލްގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30ން މެންދުރު 12:00ށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ކަދުރު ބަލައި ދާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، 1443 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023 ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންނެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު އެހީއަށް
އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން : އިސްލާމިކް މިނިސްޓްރީ