ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 12:43
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅުން ހުރަސްއެޅުން
ޝިޔާމް ހައްޔަރުކުރީ ޤަވާއިދާއި ޚިލާފަށް، ކަންބޮޑުވޭ: އީވާ
 
މިހާރު ޝިޔާމް ވަނީ ދޫކޮށްލާފައި

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރު އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށްކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޝިޔާމް ހައްޔަރުކުރުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ޕީޕީއެމް އިން ހޯމަ ދުވަހު ބުނެފައި ވަނީ އޭނާ ހައްުޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޮފީ ބޯން އިންނަވަނިކޮށް ކަަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭގޮތުން އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އީވާ ވިދާޅުވީ ފުލުހުން ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޝިޔާމް ހައްޔަރު ކޮށްފައިކަމަށާއި ފަހުން އެ މެންބަރު ދޫކޮށްލިކަން އެނގިވަޑައިގަތީ މަޖިލީހުން އޮޅުން ފިލުވި މައުލޫމާތުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން މެންބަރު ޝިޔާމް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ އެއް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނި ނަމަވެސް މި މައްސަލައިގައި އެ އުސޫލަށް އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމު އުސޫލުން ފުލުހުން މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން އެންގި ނަމަވެސް މިފަހަރު ނައިފަރު ދާއިރާގެ މެންބަރު ހައްޔަރު ކުރުމަށްފަހު މަޖިލީހަށް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް އީވާ ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ބައިވެރިން ވަނީ ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައިފައެވެ. އެ މައްސަލައިގައި މެންބަރު ޝިޔާމާއެކު އިތުރު ބަޔަކުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް ޝިޔާމާއެކު ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓް
22 މާރޗް 2023 | ބުދަ 14:17
ހުންމާދު
ރައީސް ކާރުކޮޅަށް އެއީ ޔާމީން ވިޔަސް، މަައުމޫނު ވިޔަސް، އަދި ވަހީދު ކަމުގައިވިޔަސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯ ކޭޑަށް ހުރަސް އަޅާ ކަށް ފުރުސަތެެއް ނުދެވޭނެ. ޝިޔާމަކީ ޕީޕީ އެމްގެ ވެރިއެއް. މިކަހަލަ ކަންތައް ކޮށްފަކާ ކޮފީ ބޯކަށެއް ނީދެވޭނެ. ހައްޔަރު ކުރޭ. މީ ވ. ހަޑިހުތުރު އަމަލެއް. ތި ކަމެއް ފުރުސަތެއް ނުދެވޭނެ. ދެން މިފަދަ ކަމެއް ކުރަން ނުކެރޭވަރު ކުރަންޖެހޭނެ،
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް