ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 09:45
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
ރާއްޖެއެމްވީ
ކުޑަކުދިންގެ އަދުލުގެ ޤާނޫނު
މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެހެން މަރުކަޒުތަކަށް ބަދަލުކުރުމާއި، ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފި
އެހެން ރެޒިޑެންޝަލް މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވޭނީ، ވަކި ޝަރުތުތަކެއް ހަމަވާނަމަ
ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތައް ބެހިގެންވަނީ 3 ބާވަތުގެ މަރުކަޒުތަކަށް

މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެހެން މަރުކަޒުތަކަށް ބަދަލުކުރުމާއި، ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މިއީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޤާއިމްކުރާ ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގައި ތިބޭ ކުދިން އެފަދަ އެހެން މަރުކަޒަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތައް ބެހިގެންވަނީ 3 ބާވަތުގެ މަރުކަޒުތަކަށެވެ. އޭގެ ތެރެއިން ފުރަތަމަ ބާވަތަކީ ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް އެ ކުއްޖާއަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް ޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅެވޭނެ ގޮތަށް އުފައްދާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެވެ.

ދެން ހިމެނެނީ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމަޢަށް ނުކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި އެ ކުދިން ބައިތިއްބުމަށް އުފައްދާ "ކުޑަކުދިންގެ ޝެލްޓަރ" ނުވަތަ "ހާފްވޭ ހައުސް" އެވެ.

އޭގެ އިތުރުން، ކަނޑައެޅޭ ވަކި ޝަރުޠުތަކަކާއެކު، ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢު ބައިވެރިވެވޭނެ ފަދައިން ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ ލޯންގް ޓަރމް ރެޒިޑެންޝަލް ކެއަރ ފެސިލިޓީތައްވެސް ހިމެނެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބުމަށް ޚާއްޞަކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމަޢާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބައިތިއްބުމަށް ޚާއްޞަކުރާ ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީއެވެ.

ކުުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، އެފަދަ އެހެން ރެޒިޑެންޝަލް މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވޭނީ، ވަކި ޝަރުތުތަކެއް ހަމަވާނަމައެވެ. އޭގެ ތެރޭގައި ކުއްޖާ މަރުކަޒުގައި ބެހެއްޓުމަށް އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ތިންބައިކުޅައެއްބައި ތަންފީޛުވެ ނިމިފައިވުމާއި، ކުއްޖާއާ ގުޅޭގޮތުން އެކުލަވައިލާ ފަރުވާ ޕްލޭނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ބޮޑުބައި ހާސިލުކޮށްފައިވުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް