Advertisement
ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 11:15
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
ގެއްލުނު ކުއްޖާ ފެނުން
ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ ކުއްޖާ ފެނިއްޖެ
މި ކުއްޖާ ފެނުނީ ހުޅުމާލެއިން
އިތުރު ތަފްސީލެއް ފުލުހުން ނުދޭ
އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ އަންހެން ކުއްޖާ ހުޅުމާލެއިން ފެނިފައިވާ ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މިކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 1:33 ހާއިރެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މި ހިނގާ މާޗު މަހުގެ ހަތްވަނަ ދުވަހު ފުލުހުން ހާޒިރުކުރުމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، މިދިޔަ ދެ އަހަރު އެ އިދާރާއަށް ހުށަހެޅި އެކަހަލަ މައްސަލަތަކުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވައިފައެވެ. އެ ދުވަހު އޭނާ ވިދާޅުވި ގޮތުގައި 31 ކުއްޖަކު 63 ފަހަރު ގެއްލިގެން އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު 11 ފަހަރަށް ގެއްލިގެން ހޯދަން ޖެހުން ކަމަށް ވެސް އެ ދުވަހު ސީޕީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް