ކ. މާލެ
|
17 މާރޗް 2023 | ހުކުރު 07:03
އަތުލައިގަތް މަސްތުވާތަކެތި
އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ފެނިފައިވޭ
ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވޭ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުގެ ފުލުހުން މާރިޗު 15 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ސައިކަލުގައި ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދިއުމުން ފުލުހުން އޭނާގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފިލަން ދުއްވާފައިދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް