ކ. މާލެ
|
16 މާރޗް 2023 | ބުރާސްފަތި 07:21
ފަހިރާސްތާ ޕްރޮގްރާމްގެ ތެރެއިން
ފަހިރާސްތާ ޕްރޮގްރާމްގެ ތެރެއިން
ޕޮލިސް މީޑިޔާ
ފަހިރާސްތާ ޕްރޮގްރާމް
"ފަހިރާސްތާ" ޕްރޮގްރާމް މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންގޮސްފި
ބޯޓަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވޭ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަހިރާސްތާ ޕްރޮގްރާމް މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

ރަމަޟާންމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ރޯޑް ޕޮލިސް އަދި އަވައްޓެރި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ބާޒާރުމަތީ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދުވާރު މައްޗާއި ޕާކިން ޒޯނުގައި ކާބޯތަކެތި ދޮވެ ސާފުނުކުރުމަށާއި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މުދާ އަރުވައި ބޭލުމަށް ހާއްސަ ޒޯނުތަކަކީ ކޮބައިކަން ބުނެދިނުމާއި އެކަމަށް ހާއްސަ ކޮށްފައިވާ ޒޯނު ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. އެގޮތުން، ނޯތު ހާބަރު ގޭޓުން ފެށިގެން މުޙައްމަދު އިސްމާޢީލްދީދީ ގޯޅިއާ ހަމައަށް ތޮށިގަނޑާވީ ފަރާތުގައި ޑަބަލް ޕާކިންގއަށް ނުވާގޮތަށް މުދާ އަރުވަން މަޑުކޮށްލެވިދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އަދި ބޯޓަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ކަނޑު އުޅަނދަކުން މުދާ ބާލާއިރު މުދަލާ ހަވާލުވާނެ ފަރާތެއް ހުރިކަން ކަށަވަރު ކުރުމަށާއި މުދާ އަރުވައި ބޭލުމަށްފަހު ވީއެންމެ އަވަހަކަށް އުޅަނދު ނަގަން އިލްތިމާސްކޮށްފައިވެއެވެ. އަދި ބޯޓަށް އަރުވަން ގެންނަ މުދާ ވީއެންމެ އަވަހަކަށް ބޯޓަށް އެރުވުމަށާއި މުދާ އެރުވުމަށް އުޅަނދު މަޑުކޮށްގެން އޮންނައިރު މަގަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި މުދާ ގެންނަ އުޅަނދު ހުސްކޮށް މަގުމަތި އަމާންކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް މުދާ އަރުވާ ފަރާތްތަކުގެ ކިބައިން އެދިފައިވެއެވެ.

މީގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތާއި އަދި މަގުމަތީގައި ދުއްވާ އުޅަނދުތަކަށް ދަތިވެ ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޓްރޯލީ ފަދަ އުޅަނދުގައި މުދާ އުފުލާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ފުލުހުން ފޯރުކޮށްދިން މައުލޫމާތުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީ އަދި ހިއްސާކުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓު، ބާޒާރުމަތި ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް