ކ. މާލެ
|
13 މާރޗް 2023 | ހޯމަ 18:35
އެމްޓީސީސީގެ "ރޯދަ ޕްރޮމޯ 2023" ފެށުން
އެމްޓީސީސީގެ "ރޯދަ ޕްރޮމޯ 2023" ފެށުން
އެމްޓީސީސީ
އެމްޓީސީސީ ރޯދަ ޕްރޮމޯ
ޑިސްކައުންޓްތަކަކާއެކު، އެމްޓީސީސީ "ރޯދަ ޕްރޮމޯ 2023" ފަށައިފި
ދަވާދު ފިޔަވައި، އެކުންފުނިން ވިއްކާ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ
އޭޕްރިލް 30ގެ ނިޔަލަށް ރޯދަ ޕްރޮމޯޝަން ކުރިއަށްދާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ "ރޯފަ ޕްރޮމޯ 2023" ފަށައިފިއެވެ.

މި ޕްރޮމޯޝަން ފަށާފައިވަނީ 12 މާރޗް ވަނަ ދުވަހުއެވެ. އޭޕްރިލް 30ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަން ފެށުމަށް އެމްޓީސީސީން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީފެ ސޭލްސް ޓީމުން ބުނީ, މި ޕްރޮމޯޝަންގެ ތެރެއިން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ދަވާދު ފިޔަވައި، އެކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިގޮތުން، ޔަންމާ އިންޖީނުންނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓް ލިބޭނީ ހޮވާލެވިފައިވާ މޮޑެލްތަކަކުން ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ސްކޮޓް ބޭޑަރ ކޮމްޕޮސައިޓްސް އަދި ފައިބަރ ގްލާސް މެޓީރިއަލުންނާއި، ކާސްޓްރޯލް ލުބްރިކަންޓުންނާއި، ސުޒުކީ އަދި ޔަންމާ ސްޕެއަރ ޕާޓުގެ އިތުރުން މެރޯލް ސްޓިއަރިންގ ސިސްޓަމާއި، ޓިއުބް، ޝެފްޓް، ޕްރޮޕެލަރ، އަދި އެހެނިހެން އާލާތްތައް ޕްރޮމޯޝަންގައި ހިމެނެއެވެ.

އެމްޓީސީސީ ރޯދަ ޕްރޮމޯ އަމާޒުކުރަނީ އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގ އަދި އިންޖިނިއަރިން ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ދަތުރުފަތުރުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް