ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 19:18
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ގޫގުލް
ސިއްހީ ދާއިރާ
ސިއްހީ ދާއިރާގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަގާމަށް ކުފޫ ހަމައެއްނުވޭ: ދިރާސާ
 
ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް އެބަހުރި
 
ސިއްހީ ދާއިރާއަކީ ގިނަ މައްސަލަތަކެއް ހުރި ދާއިރާއެއް
 
އުސޫލުތައް ބަދަލުކުރުމުގައި ހަރުދަނާކަމެއް ނެތުންވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވޭ

ސިއްހީ ދާއިރާގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަގާމަށް ކުފޫ ހަމަނުވާކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށްވެސް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ސިއްހީ ދާއިރާއަކީ ގިނަ މައްސަލަތަކެއް ހުރި ދާއިރާއަކަށް ވާއިރު އެ ދާއުރާގެ އިސް މަގާމުތަކުގައި ދާއިރާގެ ތަޖުރިބާ ނެތް މީހުން ތިބުމަކީ ކަންކަން މެނޭޖްކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެތިކަލް އުސޫލުތައް ނެތުމާއި، އުސޫލުތައް ބަދަލުކުރުމުގައި ހަރުދަނާކަމެއް ނެތުންވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

އެ ދިރާސާގައި ސިއްހީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށްޓަކައި ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަން ހުރި ކަމަށް ވަނީ ބުނެފައެވެ. އެ ދިރާސާގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންތައްތަކާއި، ކަންކަން ހިންގުމުގައި ހުރި މައްސަލަތަކާއި އާއްމުންނާ ގުޅުންހުރި ކަންކަން މވެސް ވަނީ ހިމަނާފައެވެ. އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ، އާއިލީ މީހުންނަށް ވަޒީފާ ދިނުން ފަދަ މައްސަލަަތައް ސިއްހީ ދާއިރާއިން ފާހަގަކުރެވޭ ކަމަށެވެ. އަދި މަގާމުތަކަށް އައްޔަންކުރާ މީހުން އޭނާ އައްޔަންކުރި މީހާއަށް ވަފާތެރިވާންޖެހޭ ފަދަ މާހައުލެއް ގާއިމްވެފައިވާކަމަށް އެ ދިރާސާގައި ވަނީ ބުނެފައެވެ. އަދި އެކަކު އަނެކަކަށް ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ސަގާފަތްވެސް އެ ދާއިރާގައި އޮތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިދާރާތަކާއި، މާލީ ކަންކަމާ ގުޅުންހުރި ކަންކަން ނިންމުމަށް ނުފޫޒު ފޯރުވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމާމެދު އެ އިދާރާއިން ކުރި ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާ އެ ރިޕޯޓްގައި، ސިއްހީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ ދާއިރާގައި ހާމަކަމެއް ނެތުމާއި، ރަނގަޅަށް ކަންކަން ބެލެހެއްޓެމުން ނުދިއުމާއި، ކަންކަން ރިފޯމްކުރާ ސްޕީޑާމެދު ވިސްނަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި މައިގަނޑު 10 ކަމެއް ފާހަގަކޮށް އެކަންކަމާގުޅޭ ރިކޮމެންޑޭޝަންތައް ވަނީ ހިމަނާފައެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ ސިއްހީ ދާއިރާ މަސައްކަތްކުރާ ގޮތާއި އެކި ކަންކަމާ ގުޅުންހުރި ޒިންމާތައް އުފުލަނީ ކޮން ބައެއް ކަން އާއްމުންނަށް ސާފު ނުވާކަމަށެވެ. އެހެންކަމުން ކަމެއް ގޯސްކޮށް ހިނގައިފިނަމަ އަމަލުކުރާނެ އުސޫލުތައްވެސް އެކުލަވާލައި އާއްމުކުރެވިފައިވަނީ މަދުން ކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ މަސްލަހަތު ފުށުއަރާ މީހުން، ސިއްހީ ނިޒާމްގެ ކަންކަން ނިންމޭފަދަ މަގާމުތަކުގައި ތިބުމުގެ ކަންބޮޑުވުން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މި ދިރާސާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންޓި-ކޮރަޕްޝަން އަދި ސިއްހީ މާހިރުން ހިމެނޭ ޓީމަކުން އެކުލަވާލި ދިރާސާއެކެވެ. މިއީ ރާއްޖޭގައި މިފަދަ ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ