Advertisement
ކ. މާލެ
|
10 މާރޗް 2023 | ހުކުރު 07:31
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އައިޖީއެމްއެޗް ލެބޯޓްރީގެ ޚިދުމަތް އަލުން ފެށުން
މައްސަލަ ހައްލުކޮށް އައިޖީއެމްއެޗް ލެބޯޓްރީގެ ޚިދުމަތް އަލުން ފަށައިފި
ލެބޯޓްރީގެ ޚިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން

މައްސަލަ ހައްލުކޮށް ލެބޯޓްރީގެ ޚިދުމަތް ފަށާފައިވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ން ބުނެފިއެވެ.

Advertisement

އައި.ޖީ.އެމް.އެޗްގެ ލެބޯޓްރީގެ ޚިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އައި.ޖީ.އެމް.އެޗްއިން ކުރި ޓްވީޓެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ހުންނަ އިމާރާތުގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް ލެބޯޓްރީގެ ޚިދުމަތް ފަށާފައިވާކަމަށެވެ. 

މިމައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލުން ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް