ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް އެޕާޓީން އާންމުކޮށްފިއެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މަރޗް 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މިއިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ:
ކ ގުޅި – ގުޅި ސްކޫލް
ކ މާފުށި – މާފުށި ސްކޫލް
ކ ގުރައިދޫ – ގުރައިދޫ ޒުވާނުންގެ މަރުކަޒު
މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނީ އެމް.ޑީ.ޕީ މައި ހަރުގޭގައި
އެމްޑީޕީގެ ޕްރައިމަރީއަށް ވަނީ ހަތަރު މީހަކު ކުރިމަތިލާފައެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަނީ:
- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެގޮނޑި ތަމްސީލުކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހީމް ރިޒާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
މިދާއިރާގެ ބައި އިލެކްޝަން އޮންނާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ އިތުރުން ގުރައިދޫ ދާއިރާއަށް އެމްއެންޕީ އާއި ޕީޕީއެމްއިން ވެސް ވާދަކުރެއެވެ.