ކ. މާލެ
|
29 މާރޗް 2023 | ބުދަ 12:53
ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ: އޭނާގެ މުސާރަ ކުޑަކުރާނެ
ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ: އޭނާގެ މުސާރަ ކުޑަކުރާނެ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ޑެހެޔާގެ މުސާރަ ބޮޑުތަނުން ކުޑަކުރަނީ
ޑެހެޔާ އަށް މިހާރު ހަފުތާއަކު 370000 ޕައުންޑް ލިބޭ، އައު ކޮންޓްރެކްޓް ހަދާނީ 2 ލައްކަ ޕައުންޑް ލިބޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ސްޕޭނުގެ ޑޭވިޑް ޑެހެޔާގެ މުސާރަ ވަރަށް ބޮޑަށް ކުޑަކުރަން އެކުލަބުން ނިންމައިފި އެވެ.

ޑެހެޔާ އަށް މިހާރު ހަފުތާއަކު 370000 ޕައުންޑް ލިބެ އެވެ. މި ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަލަށްދޭނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި މުސާރައެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ ހަފުތާއަކު 200000 ޕައުންޑެވެ. ނަމަވެސް ޔުނައިޓެޑް މި ސީޒަނުގައި އަމިއްލަ ދަނޑުގަ އާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގެ ދެބައިކުޅަ އެއްބައި މެޗުތަކުގައި ކުޅެގެން ފުލްމުސާރަ އޭނާ އަށް ދޭނެ އެވެ.

ޑެހެޔާ އަކީ ސާ އެލެކްސް ފާގަސަންގެ ކޯޗިންގެ އެންމެ ފަހު ދުވަސްވަރު 2015 ވަނަ އަހަރު ޓީމަށް ގެނައި ކުޅުންތެރިއެކެވެ. އަދި މިހާތަނަށް އޭނާ ފާހަގަވެފައިވަނީ ޔުނައިޓެޑަށް ވަފާތެރިކަމާއެކު ކުޅެދިން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހަކަށް އައިސް ގިނަ ގޯސްތަކެއް ހަދާތީވެ އޭނާގެ ޖާގަ ވަނީ ނުރައްކަލުގަ އެވެ. ހާއްސަކޮށް މިހާރުގެ ކޯޗު އެރިކް ޓެންހަގް ޑެހެޔާގެ ބަދަލުގައި އެހެން ކީޕަރަކު ހޯދުމަށް ބާރު އަޅަ އެވެ. ސަބަބަކީ ފަހަތުން ގިނަ އިން ބޯޅަ ކުޅުވައިދޭނެ ކީޕަރަކަށް ކޯޗު އިސްކަންދިނުމެވެ. މި ގޮތުން ޕޯޗުގަލްގެ ގައުމީ ކީޕަރު ޑިއެގޯ ކޯސްޓާއަށް ޔުނައިޓެޑުން ދަނީ ފާރަލަމުންނެވެ.

އުމުރުން މިހާރު 31 އަހަރުގެ ޑެހެޔާގެ ގޯސްތައް ގިނަވެ ފަހަކަށް އައިސް ސްޕޭނުގެ ގައުމީ ޓީމުން ވެސް އޭނާ އަށް ވަނީ ޖާގަ ގެއްލިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް