ކ. މާލެ
|
8 މާރޗް 2023 | ބުދަ 11:18
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
ރާއްޖެއެމްވީ
ކުޑަކުދިން
މިދިޔަ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް 40 ކުދިން ގެންދިޔަ
 
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން ތިބި

މިދިޔަ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް 40 ކުދިން ގެންދިޔަކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓްކެޝަން ސާވިސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް 2022 ވަނަ އަހަރު ވަނީ 40 ކުއްޖަކު ނަގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުދިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާއިލާތަކާއި ނުވަތަ ވަޒީފާގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތު ހޯދައިދީ 40 ކުއްޖަކު މިދިޔަ އަހަރު ވަނީ ރީއިންޓެގްރޭޓް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ކުދިންނާއި 18 ކުދިންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރު 10 ކުއްޖަކަށް ބެލެެނިވެރިކަން ހޯދައިދީފައިވާއިރު އެއީ ހަތް އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުދިން އެބަތިއްބެވެ. އެއީ 105 ފިރިހެން ކުދިންނާއި އަންހެން 82 ކުދިންނެވެ.

އެންމެ ފަހުން ބޭއްވި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށްދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށެވެ. އަދި ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް