Advertisement
ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 20:40
ޖޫސް ޓައިމަށް ހަމާލާދިނުން
ޖޫސް ޓައިމަށް ހަމާލާދިނުން
ރާއްޖެއެމްވީ
ޖޫސްޓައިމަށް ދިން ހަމަލާ
ޖޫސްޓައިމަށް ދިން ހަމަލާ: ގެއްލުން ދިނުމަށް އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް

ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ކިޔާ ޖޫސްޖޮއިންޓަށް ދިން ހަމަލާއާއި ގުޅިގެން، އެތަނަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދެވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖޫސްޓައިމަށް ދިން ހަމަލާއާއި ގުޅިގެން، ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން 7 މީހަކު މީގެކުރިން ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށާއި، މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖޫސް ޓައިމަށް މޫނު ނިވާ ކޮށްގެން ވަދެ، އެތަނަށް މަރުތޭލުން ހަމަލާދިން އެކަކު މީގެ ކުރިން ހައްޔަރު ކޮށްފައިވެއެވެ. ޖޫސްޓައިމަށް ހަމަލާ ދިނީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް