ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 12:12
ނަބީލް ސައީދު
ނަބީލް ސައީދު
ރޮއިޓާރސް
ރޮނާލްޑޯ
ބިންހެލުމަަށް ފަހު ރޮނާލްޑޯއާ ބައްދަލުވުމުގެ ހުވަފެން ފުރިހަމަ ކުރި ސީރިއާގެ ކުއްޖާ!
 
އަލް ނަސްރުގެ ޖާޒީގައި، ރޮނާލްޑޯގެ ނަން ޖެހި ދިދައެއް ހިފައިގެން ނަބީލް ވަނީ މެޗު ބަލަން ވަދެފައި

ފެބްރުއަރީ މަހު އައި ބިންހެލުމަކަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލު ކުރަން ބޭނުންވާކަން ހާމަކުރި ސީރިއާގެ ކުއްޖަކު ސައުދީ އަރަބިއްޔާގައި، އޭނާގެ ކްލަބް އަލް ނަސްރު ކުޅުން މެޗެއް ބަލަން ދައުވަތު ދިނުމާއެކު ރޮނާލްޑޯއާ ބައްދަލުކޮށްފި އެވެ.

ސީރިއާ އަށް ނިސްބަތްވާ ނަބީލް ސައީދު ވަނީ ވީޑިއޯއެއް މެދުވެރިކޮށް، ރެސްކިއު ޓީމުގެ ކިބައިން ވެސް އެކަމަށް އެދިފަ އެވެ. މިދިޔަ މަަހު ނަބީލް އާންމު ކުރި ވީޑިއޯގައި އެދިފައި ވަނީ ރޮނާލްޑޯއާ ބައްދަލު ކުރުމަށެވެ. ރޮނާލްޑޯއާ ބައްދަލު ކުރުމަށްފަހު ނަބީލް ބުނީ، ރޮނާލްޑޯއާ ބައްދަލު ކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. ނަބީލް ބުނީ ފުރަތަމަ އަމިއްލަ ނަފްސަށް އެކަން ޤަބޫލު ވެސް ނުކުރެވުނު ކަމަށާއި، އެ ހުވަފެނަށް ނިމުމެއް އަންނާނެ ކަމަށް އޭރު ނުދެކޭ ކަމަށެވެ. ނަބީލް ފާހަގަ ކުރި ގޮތުގައި ރޮނާލްޑޯއާ ބައްދަލުވުމަށް އެދި އޭނާ ވަނީ އެކި ފަހަރުގެ މަތިން ދުއާ ވެސް ކޮށްފަ އެވެ. ނަބީލް ބުނީ އޭނާ ދުޢާ ކުރީ އެކަމަކީ ހަމައެކަނި ހުވަފެނަކަށް ނުވުމަށް ކަމަށާއި، އެކަން ހަގީގަތަކަށްވުން އެދި ކަމަށެވެ.

ނަބީލް ވަނީ އަލް ނަސްރުން އެންމެ ފަހުން އަލް ބަޓިންއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދަނޑަށް ވެސް ވަދެފަ އެވެ. އެއަށްފަހު އަލް ނަސްރުގެ ޖާޒީއެއްގައި ރޮނާލްޑޯގެ ނަން ޖަހާފައިވާ ދިދައެއް ނަބީލް ވަނީ ބޭނުންކޮށްފަ އެވެ. އޭނާ ވަނީ ރޮނާލްޑޯ އަށް ބޯޅަ ލިބޭ ވަގުތުތަކުގައި ސަޕޯޓުކޮށްފަ އެވެ. ރޮނާލްޑޯ އަތުން ބޯޅަ ގެއްލޭ ވަގުތުތަކުގައި ނަބީލްގެ މޫނު މަތިން މާޔޫސްކަން ވެސް ފެނުނެވެ. އެ މެޗަށްފަހު ނަބީލް ބުނީ، އޭނާގެ އުންމީދަކީ ކޮންމެ ކުއްޖަކަށް ވެސް އަދި ކޮންމެ މީހަކަށް ވެސް ރޮނާލްޑޯ ފެނުން ކަމަށެވެ. ނަބީލް ބުނީ ރޮނާލްޑޯ އަކީ ވަރަށް ރަނގަޅު، އޯގާތެރި މީހެއް ކަމަށެވެ.

އަހަރެން އުންމީދު ކުރަން ކޮންމެ މީހަކަށް ވެސް ރޮނާލްޑޯ ފެންނާނެ ކަމަށް. އެއީ ވަރަށް ރަނގަޅު އޯގާތެރި މީހެއް
ނަބީލް

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި 50،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ސީރިއާގައި މަރުވި މީހުންގެ އަދަދު 5،900 އަށް ވުރެ މައްޗަށް އަރާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް