ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 07:12
ސިފައިންގެ އާއިލީ ހަވީރުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އާއިލާގެ ފަރާތްތައް
ސިފައިންގެ އާއިލީ ހަވީރުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އާއިލާގެ ފަރާތްތައް
އެމްއެންޑީއެފް
ސިފައިންގެ އާއިލީ ހަވީރު
ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި
މި ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ

ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) އިން ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި މިހަވީރަކީ ސިފައިންގެ ޢާއިލާތައް އެއްތަނަކުން ދިމާވެ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސިފަމާގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އާއިލީ ހަވީރެއް ކަމަށް ސިފަމާއިން ބުނެއެވެ.

މި ހަވީރުގައި، ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއާއި ސިފައިންގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ވެސް ބައިވެރިވިއެވެ.

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން - އެމްއެންޑީއެފް

މި ހަވީރުގައި ޑްރޮއިން އެންޑް ޕެއިންޓިންއާއި، ފޭސް ޕެއިންޓްކުރުމާއި ދަޅު ވެއްޓުމާއި ރައިފަލް ޝޫޓިންއާއި ބައެއް މިއުޒިކަލް އިންސްޓްރޫމެންޓް ކުޅުމާއި ކަރޯކޭ ކިޔުން ފަދަ ކުޑަކުދިންނާ ގުޅޭ ގިނަ ޙަރަކާތްތަކެއް އެކުލެވޭ ތަފާތު ސްޓޯލްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ސިފަމާއިން ބުނެއެވެ. މީގެ އިތުރުން ސިފަމާގެ ފުޑް ސްޓޯލެއްގެ ޚިދުމަތްވެސް ޢާއިލީ ހަވީރުން ލިބިގެންދިޔަ ކަމަށް ސިފަމާއިން ބުނެއެވެ.

މި އާއިލީ ހަވީރުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ކޯސްޓްގާޑު، މެރިން ކޯރ، މެޑިކަލް ކޯރ، މިލިޓްރީ ޕޮލިސް އަދި ސްޕެޝަލް ފޯސްއިން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް