ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 07:32
ޗެލްސީގެ ކީޕަރު މެންޑީ: އޭނާގެ ކޮންޓްރެކްޓް އައުކުރުމުގެ ވާހަކަތައް ވަނީ ހުއްޓިފައި
ޗެލްސީގެ ކީޕަރު މެންޑީ: އޭނާގެ ކޮންޓްރެކްޓް އައުކުރުމުގެ ވާހަކަތައް ވަނީ ހުއްޓިފައި
ގޫގުލް
ޗެލްސީ
މެންޑީ އަށް އާދޭސް ނުކޮށް ޗެލްސީގެ ލޯ އައު ކީޕަރަކަށް
 
ޗެލްސީގެ ކީޕަރުގެ ކޮންޓްރެކް އައުކުރުމުގެ ވާހަކަތައް ވަނީ ހުއްޓިފައި

ކޮންޓްރެކްޓް އައުކުރުން ދިގުދަންމާލުމުން އެޑުއާޑޮ މެންޑީގެ ބަދަލުގައި އައު ކީޕަރެއް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި އެވެ.

2020 ވަނަ އަހަރު ޗެލްސީއާ ގުޅުނު މެންޑީގެ ކޮންޓްރެކްޓްގައި ބާކީ އޮތީ ދެ އަހަރެވެ. އަދި މި ކޮންޓްރެކްޓް އައުކުރަން ޗެލްސީން ފެށި ވާހަކަތައް މިހާރު ހުއްޓިފައިވަނީ ކުލަބުން ހުށަހެޅި ކަންކަމަށް މެންޑީ އެއްބަސްނުވުމުންނެވެ. ނަމަވެސް ދެ ފަރާތުން މިވާހަކަތަކުގެ ތަފްސީލެއް ނުދެ އެވެ.

މި އަހަރު ފެށުނު ފަހުން މެންޑީ އަދި ޗެލްސީ އަށް މެޗެއް ނުކުޅެ އެވެ. އެއީ އޭނާގެ ކޮނޑަށާއި އިނގިއްޔަކަށް ލިބިފައިވާ އަނިޔާ މުޅީން ރަނގަޅު ނުވާތީ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އޭނާ އަލުން ޕްރެކްޓިސް ކުރަން ފަށާނެ އެވެ.

ޓީމާ ގުޅުނު ފުރަތަމަ ސީޒަނުގައި ވަރަށް މޮޅަށް ކުޅުނު ނަމަވެސް މެންޑީގެ ބަދަލުގައި މިހާރު އެއްވަނަ ކީޕަރުކަން ކުރަމުންދަނީ ސްޕޭނުގެ ކީޕަރު ކެޕާ އަރިޒަބަލަގާ އެވެ. މިހާރުގެ ކޯޗު ގްރެހަމް ޕޮޓާ ވެސް ބޮޑަށް އިސްކަން ދެމުން އަންނަނީ ކެޕާ އަށެވެ.  

އުމުރުން 31 އަހަރުގެ މެންޑީ ނެތް ނަމަވެސް ކެޕާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަލުން ފުރަތަމަ 11 ޔަގީންކޮށް ރަނގަޅު ކުޅުމެއް ދައްކަން ފަށާފަ އެވެ.

ޗެލްސީގައި ކުޅުނު ފުރަތަމަ ސީޒަނުގައި މެންޑީ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، މޮޅު ކުޅުމެއް ދައްކައި ލީގުގެ އެއްވަނަ ކީޕަރުކަންވެސް ހޯދައިފަ އެވެ. އޭނާ ވަނީ ސެނެގާލް އަށް އެފްރިކާކަޕް ކާމިޔާބުކޮށްދީ އެފެރިކާގެ އެންމެ މޮޅު ކީޕަރުކަން ވެސް ހޯދައިފަ އެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
33%
0%
0%
0%
ކޮމެންޓް