ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 11:41
މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީ އާއި އާސެނަލަށް ވެސް މޮޅެއް
ލީގު ތާވަލްގެ ހަތަރު ވަނައިގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 41 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އާސެނަލަށް ދެ ވަަނައިގައި ލިބެނީ 47 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ސިޓީން ހަމަޖެހުމެއް ހޯދިއިރު، އާސެނަލް ވެސް މޮޅުވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. އެއީ މެޗުގައި ޗެލްސީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ވަނީ ލަނޑު ޖަހައި، ޗެލްސީ އަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޖޮސްކާ ގްވާޑިއޯލް ޖެހި ލަނޑުން ސިޓީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނީ އާލިން ހާލަންޑު އެވެ. މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު ފިލް ފޮޑެން ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ.

ވުލްވްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ދެ ޓީމުގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި އެ މެޗުން އާސެނަލް މޮޅުވީ ރިކާޑޯ ކަލަފިއޯރީ ޖެހި ލަނޑުންނެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 41 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އާސެނަލަށް ދެ ވަަނައިގައި ލިބެނީ 47 ޕޮއިންޓެވެ.

- ކޮމެންޓް