ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 11:14
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
ކްރިމިނަލް ކޯޓް
ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލުމުން، ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށްފައެއްނުވޭ

މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބަންގްލަދޭޝްގެ އުމުރުން 28 އަހަރުގެ މީހެކެވެ.

ތަހުގީގު މަރުހަލާގައާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ނިންމި އަމުރުގައި ބުނާގޮތުގައި، އޭނާ ވަނީ ތޫނު ހަތިޔާރަކުން ދެ މީހަކަށް އަނިޔާތަކެއް ދީފައެވެ. އަދި ދަތް އަޅައިގެން މީހެއްގެ އިނގިލިވެސް ބުރިކޮށްލާފައެވެ.

ގާޒީ އަލީ ނަދީމް ނެރެދެއްވި ކޯޓު އަމުރުގައި ބުނެފައިވަނީ، މި އަމަލުތަކުގެ އަނިޔާވެރިކަމަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނަ ކަމަށެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މި ދުވަސްވަރު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ދަނީ ހިނގަމުންނެވެ. ފުލުހުން ބުނާގޮތުގައި އެއީ ގޭންގުތަކާ ގުޅުންހުރި ކަންތައްތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް