ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 12:26
އަލްނަސްރުން ކުޅުނު މެޗުގެ ތެރެއިން
އަލްނަސްރުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ސައުދީ ލީގު
އިތުރު ވަގުތު ތިން ލަނޑު ޖަހައިގެން މޮޅުވެ، އަލްނަސްރު އެއްވަނައިގައި
 
ކުޅުނު 19 މެޗުން އަލްނަސްރަށް ލިބެނީ 46 ޕޮއިންޓް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރަށް ދެއްކި ވަގުތުގައި ތިން ލަނޑު ޖަހައިގެން އަލްނަސްރުން އަލް ބަޓިން ބަލިކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އަލް ބަޓިންއާ ދެކޮޅަށް ކުޅުނު މެޗު އަލްނަސްރުން ކާމިޔާބުކުރީ 3-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި, ލީޑު ނެގީވެސް އަލްބަޓިން އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރެންޒޯ ލޮޕޭޒްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތިންވަނަ މިނެޓުގައި އަލްނަސްރަށް ނަތީޖާ ހަމަހަމަކޮށްދިނީ އަބްދުއްރަހުމާން ޣަރީބެވެ. އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި މުހައްމަދު އަލް ފާތިލް ވަނީ އަލްނަސްރަށް ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު މަރަންއެވެ.

މެޗުން މޮޅުވެ އަލްނަސްރުން ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ކުޅުނު 19 މެޗުން އެ ޓީމަށް ލިބެނީ 46 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް އިއްތިހާދަށް ލިބެނީ 44 ޕޮއިންޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
50%
0%
ކޮމެންޓް