ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނީ ކުލަބަކީ ސްޕޭނުގެ ރެއާލް މެޑްރިޑްކަމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ކުޅެމުން ނޯވޭގެ ފޯވަޑް އާލިން ހާލާންޑްގެ އެޖެންޓް ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ބާއްވާ ފުޓްބޯޅަ ސަމިޓްގައި ވާހަކަ ދައްކަމުން ބްރެޒިލްގެ އެޖެންޓް ރަފައެލާ ޕިމޮންޓޯ ބުނީ ހާލާންޑް މެންޗެސްޓާ ސިޓީއަށް ފަސް އަހަރު ދުވަހަށް ސޮއިކުރީ އެކުލަބާއި އޭނާގެ އާއިލާއާ އޮތް ގުޅުމެއްގެ ސަބަބުން ކަމަށެވެ.
އެންމެނަށް ވެސް ފެންނާނެ އޭނާ ކުޑައިރު ސިޓީގެ ޖާޒީ ލައިގެން އުޅެނިކޮށް. އެ ބަދަލަކީ އާއިލީ ގުޅުމާގުޅިފައި އޮތް ނިންމުމެއް. އަދި ސިޓީގައި ކޯޗަކަށް ޕެޕް ގާޑިއޯލާ ހުރުމަކީ ވެސް ސަބަބެއް. އޭނާގެ އިރުޝާދުގެ ދަށުން ކުޅެލަން ހާލާންޑް ބޭނުންވިއެޖެންޓް ޕޮމިއެންޓޯ
އޭނާ އަދި ބުނީ ކޮންމެ ކުޅުންތެރިއެއްގެ ކުރިމަގަށް ޕްލޭންތަކެއް ހަދާނެ ކަމަށެވެ. މި ގޮތުން ކުޅުންތެރިންގެ ފުރަތަމަ ޗޮއިސްއަކީ އަބަދުވެސް އިނގިރޭސި ޕްރެމިއާ ލީގު ކަމަށެވެ.
މިހެންވެ އަހަރެން ވެސް ވިޔަފާރި ފަށާއިރު ކުޅުންތެރިން ގާތު ބުނަން އެމީހުން އިނގްލޭންޑަށް ގެންގޮސްދޭނަމޭ. ހަމައެއާއެކު ރެއާލް މެޑްރިޑް. އެއީ ބޮޑު ކުލަބެއް. އެއީ ކާމިޔާބު ކުލަބެއް. ތާރީހެއް އޮތް ކުލަބެއް. މިހެންވެ ރެއާލް މެޑްރިޑަށް ކުޅުމަކީ ކުޅުންތެރިންގެ ހުވަފަނެއްއެޖެންޓް ޕޮމިއެންޓޯ
ޒުވާން ފޯވަޑް ހާލާންޑަކީ ވޯލްޑްކަޕް ނުކުޅެ މިދިޔަ އަހަރުގެ ފީފާ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ގަތުމަށް ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.