Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 16:55
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީީޕީ ރިޔާސީ ޓިކެޓް ހަވާކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލައިފި
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލުކުރެއްވި މެންބަރު އަވަހާރަވުމުން

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން، ޕްރައިމަރީއަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ ބުދަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެ ގޮނޑި ވަނީ ހުސްވެފައެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު 02 މާޗް ވާ ބުރާސްފަތި ދުވަހުގެ 16:00އާ ހަމައަށް ހުޅުވާލާފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

Advertisement

އެމްޑީޕީން ބުނީ، ޕްރައިމަރީއަށް ޝައުގުވެރިކަން ހުރި އެ ޕާޓީގެ މެންބަރުން އެ ކެނޑިޑޭޓަކަށް ތާއީދުކުރާ 100 މެންބަރުންގެ ސޮޔާއެކު ޕާޓީގެ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރާއްޖެއެމްވީއަށް ވިދާޅުވީ، އެޕްރީލް މަހުގެ 15 ވަނަ ދުވަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން އާދީއްތަ ދުވަހު ނިންމާފައިވާކަމަށެވެ. ހަބީބު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނަން ފަށާނެކަމަށާއި، އެކަމަށް 2 ހަފުތާގެ މުއްދަތެއް ދޭނެކަމަށެވެ. އަދި އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަމަށާއި، އިންތިހާބާ ގުޅޭ މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް