Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 10:19
ޖޫސް ޓައިމަށް ހަމާލާދިނުން
ޖޫސް ޓައިމަށް ހަމާލާދިނުން
ރާއްޖެއެމްވީ
ޖޫސްޓައިމަށް ހަމަލާދިނުން
ޖޫސް ޓައިމަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
ތަހުގީގު ދަނީ ކުރިއަށް

ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރު ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް މޫނު ނިވާ ކޮށްގެން ވަދެ، އެތަނަށް މަރުތޭލުން ހަމަލާދިން އެކަކު ހައްޔަރު ކޮށްފިއެވެ.

ހުކުރު ދުވަހު ސޯޝަލް މީޑީއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ ހުޅުމާލޭގައި ހުންނަ ކެފޭއެއްގެ ތެރެއަށް ބަޔަކު ވަދެ އެ ތަނުގައި ހުރި ތަކެއްޗަށް މަރުތޭލުން ގެއްލުން ދޭ މަންޒަރެވެ. ވީޑިއޯގައި ފެންނަ ގޮތުގައި އެ ދެ މީހުން ތިބެނީ ހެލްމެޓު އަޅައިގެންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ މައްސަލައިގައި އެކަކު ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ހުޅުމާލޭގައި ޖޫސް ޓައިމް ހިންގަމުން އަންނަތާ 4 އަހަރު ވެފައިވާއިރު އެތަނަށް މިއީ މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ތަނުގައި ހުރި ދެ ކޮފީ މެޝިނާއި އެއް ސައި ގިރާ މެޝިނަކާ ފްރިޖަށާއި މައިކްރޯވޭވް އަށް ވަނީ ގެއްލުންދީފައެވެ. އަދި ހެދިކާ އަޅާ ކައުންޓަރު ވެސް ވަނީ ހަލާކުކޮށްފައެވެ. މީގެއިތުރުން ދޮރަށް ވެސް ހުރީ ގެއްލުންދީފައެވެ. ތަނުގެ ތަކެއްޗަށް ދިން ގެއްލުމުގެ އަގު ދެލައްކަ ރުފިޔާއަށް ވުރެން މައްޗެވެ.

މިތަން ހިންގުމަކީ އުމުރުން 53 އަހަރުގެ އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި ކުރާ ހަމައެކަނި މަސައްކަތެވެ. އެ އަންހެން މީހާގެ އާއިލާގެ ޚަރަދުތައް ހަމަޖައްސަނީ އެތަނުން ލިބޭ ފައިސާއިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް