ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 17:18
ޓެކްސީއެއް
ޓެކްސީއެއް
މުހައްމަދު ޝަރުހާން
ޓެކްސީތަކުގައި ކެމެރާ ހަރުކުރުން
ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ
 
ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެން ޖެހޭނެ

ކުރިއަށް އޮތް ތިންމަސް ދުވަސްތެރޭ ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރާގޮތަށް ކަނޑައަޅައި، ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވާއިދު އާއްމުކުރީ މިދިޔަ އޮގަސްޓުމަހުއެވެ. އޭރު ނިންމާފައިވަނީ އެ ގަވާއިދަށް 6 މަސްދުވަހުގެ ތެރޭގައި އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު މި ގެނައި އިސްލާހުތަކާއެކު، ޓެކްސީތަކުގައި ކެމެރާ ހަރުކުރުމުގެ ގަވާއިދަށް އަމަލުކުރުން ވަނީ 3 މަސް ދުވަހަށް ފަސްކޮށްފައެވެ.

ޓެކްސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެން ޖެހެއެވެ. މިގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެ ރިކޯޑުކުރެވޭ ތާރީޚުން ފެށިގެން މަދުވެގެން 7 ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންޖެހެއެވެ.

ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި، ހުންނަންޖެހޭ މިންގަނޑުތަކުގެތެރޭގައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާރޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކާކުރެވޭނޭހެން ހުރުމާއި، ޓެކްސީއަށް އަރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯތައް އެހެން އެއްވެސް ޑިވައިސްއަކަށް އެޅުމާއި، ވީޑިއޯ ރިކޯޑިންގތައް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ މަނާކަމެކެވެ.

ޓެކްސީތަކުގެ ބިއްލޫރި ކަޅުކުރެވޭނެ މިންގަނޑެއްވެސް ޓްރާންސްޕޯޓުންވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ޓެެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާ ހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން، ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ. ޓެެކްސީތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރިކޯޑުކުރާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި ވީޑިއޯ ރިކޯޑިންގތައް އޯވަރރައިޓްކޮށް، އިންސްޓޯލްކޮށްފައިވާ ސިސްޓަމް ސްޓޯރޭޖް ޑިވައިސްގެ ތެރޭގައި ރައްކާކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުނަގާ ޓެކްސީ ރިޕޯޓްކުރުމަށް ކިޔުއާރު ކޯޑެއް
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް ހުށަހަޅައިފި