ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 17:12
ފެމިލީ ކޯޓް
ފެމިލީ ކޯޓް
އަވަސް
ކައިވެނި
ރީތި ތާރީހަކަށް ވާތީ މިއަދުވެސް ކައިވެނި ގިނަ
 
ރީތި ތާރީހުތަކުގައި ކައިވެނިކުރުމަކީ މިހާރު އާންމު ކަމެއް

ރީތި ތާރީހަކަށް ވާތީ، ބުރާސްފަތި ދުވަހުވެސް މާލޭގައި ގިނަ ކައިވެނިތަކެއް ކޮށްފިއެވެ.

ފެމިލީ ކޯޓުން މައުލޫމާތު ދޭ ގޮތުގައި 23/03/2023ގައި މާލޭގައި 38 ކައިވެނި ކުރަން ނިންމާފައިވެއެވެ. އެ ކޯޓުން ބުނީ އެ 38 ކައިވެނީގެ ތެރެއިން 19 ކައިވެންޏެއް ރަސްމީ ގަޑީގައި ކޯޓުގައި ކުރާއިރު، 19 ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކަމަށެވެ.

ރީތި ތާރީހުތަކުގައި ކައިވެނިކުރުމަކީ މިހާރު ދިވެހީންގެ ތެރޭގައި އާންމުވެފައިވާ ކަމެކެވެ. އެންމެ ފަހުން ރީތި ތާރީހެއްގައި ގިނަ ބަޔަކު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 22/12/2022ގައި 58 ކައިވެންޏެއް މާލެ ސަރަހައްދުގައި ވަނީ ކޮށްދީފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ފެމިލީ ކޯޓުން ވަނީ 309 ކައިވެނި ކޮށްދީފައެވެ. އަދި އެ މަހު 94 ވަރި އެ ކޯޓުން ވަނީ ކޮށްދީފައެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 195 ކައިވެނި މިދިޔަ ޖަނަވަރީ މަހު ކުރިއިރު، 127 ވަރި ވަނީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް